
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 64 މިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީން އެ ބަޖެޓު މިއަދު ހަވީރު ފާސްކުރީ ކޮމިޓީގައި ތިއްބަވާ 10 މެމްބަރުންގެ ވޯޓާއެކު އެވެ. އެ ބަޖެޓާ ދެކޮޅަށް ހަތަރު މެމްބަރަކު ވެސް ވޯޓު ދެއްވި އެވެ.
އަންނަ އަހަރަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ހުށަހެޅި ބަޖެޓަކީ 64,202,565,720 ހިމަނާފައިވާއިރު މި ބަޖެޓުން 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ އެވެ.
ޒަމީރު ވިދާޅުވީ މިއީ 2021 ވަނަ އަހަރު ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެ ކުރިން އިޝޫކުރި 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ހަމަޖެހިފައިވާތީ، ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން އައި އިތުރުވުމެއް ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) ތަކުގެ ރައުސުލްމާލު އިތުރު ކުރަން ބަޖެޓުން އިންޖެކްޓް ކުރާ ފައިސާގެ މިންވަރު މަދުކުރަން އަމާޒު ހިފާފައިވާ ކަމަށެވެ.

