
ހއ. ބާރަށުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ބިމުގައި ޓޫރިސްޓު ހޮޓަލެއް ހިންގާނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ބާރަށުގައި ތަރައްގީ ކުރާ ހޮޓާ ތަރައްގީ ކުރާނީ އެކަމަށްޓަކައި ކަނޑައަޅާފައިވާ 71،832 މީޓަރުގެ ބިމުގައި ކަމަށެވެ.
މި ހޮޓާ ތަރައްގީ ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޑިސެމްބަރު 23 ވަނަ ދުވަހުގެ 10:00 ގައި ވާޗުއަލްކޮށް (ޓީމްސް މެދުވެރިކޮށް) ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާން ޖެހޭނެ އެވެ. އަދި ޖެނުވަރީ 27، 2026 ގެ 10:00 އަށް މިނިސްޓްރީއަށް ހާޒިރުވެ، ބީލަން ހުށަހަޅަން ވަނީ ހުޅުވާލައިފަ އެވެ.
އެ ބިމުގައި ޓޫރިސްޓު ހޮޓަލެއް އެޅުމަށް މިދިޔަ އޮކްޓޯބަރު މަހު ވެސް ހުޅުވައިލި އެވެ. އީކޯ ޓޫރިޒަމް މަޝްރޫއެއް ހިންގުމަށް ހުޅުވައިލި އެ އިއުލާނު ބާތިލުކުރި ސަބަބެއް ނޭންގެ އެވެ.

