
ބޭރުގެ ބައިލެޓްރަލް ޕާޓްނަރުންގެ އަތުން، ރާއްޖޭން ބޭރުން އަންނަ އަހަރު 21.9 ބިލިއަން ރުފިޔާގެ ލޯނު ނަގާނެ ނަގާނެ ކަމަށް އަންދާޒާ ކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން މިދިޔަ އަހަރު ބައިލެޓްރަލް ޕާޓްނަރުންގެ އަތުން 20,6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ކުރީ އަހަރު 14.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ބަޖެޓުގައިވާ ގޮތުން އަންނަ އަހަރު ބައިލެޓްރަލް ޕާޓްނަރުންގެ އަތުން އަންނަ އަހަރު 6.5 ބިލިއަން ރުފިޔާގެ ލޯނު ނަގާނެ އެވެ. މި އަހަރު ބައިލެޓްރަލް ފަރާތްތަކުން ލޯނުގެ ގޮތުގައި ލިބިފައިވަނީ 3.2 ބިލިއަން ރުފިޔާ އެވެ.
ލޯނު ނަގާނެ ފަރާތްތައް
އަބޫދާބީ ފަންޑު – 34 މިލިއަން
އިންޑިއަން އެގްޒިމް – 1.7 ބިލިއަން
ގަތަރު ފަންޑު – ތިން ބިލިއަން
ސައޫދީ ފަންޑު – 256 މިލިއަން
ޗައިނާ – 1.3 ބިލިއަން
އަންނަ އަހަރު މަލްޓިލޭޓްރަލް ޖަމިއްޔާތަކުން 1.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. އަދި ކޮމާޝަލް އެންޑް މާކެޓް ބެސްޓް ފައިނޭންސިންގެ ގޮތުގައި އަންނަ އަހަރު 8.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެ އެވެ. އަދި މި އަހަރު އެތެރެއިން 5.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

