
ތަރައްޤީގެ އުޖާލާ ދުވަސްތަކެއް މި ޤައުމަށް ހޯދިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީ ދުވަހުގެ އިޚްލާސްތެރި ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހި ރައްޔިތުންނަށް އަރިސްކުރާ ކަމަށެވެ. އަދި ދިވެހި ރައްޔިތުން ފަޚުވެރިވާނެ ތަރައްޤީގެ އުޖާލާ ދުވަސްތަކެއް މި ޤައުމަށް ހޯދިދާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ، ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައިދީ، ރައްޔިތުން އެދޭ އަމާޒުތައް ޙާޞިލްކޮށް ދިނުމަށް މި ސަރުކާރުންފެށި ދަތުރުގައި އެ މަނިކުފާނު ކުރިއަށްދަނީ މާތްﷲގެ ހަޟްރަތުން ވާގިއެދި އިޚްލާސްތެރިކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްގެ ޕޯސްޓުގައި ވަނީ މި ލޮބުވެތި ޤައުމު ބާއްޖަވެރިކަމާއި ފާގަތިކަމުގައި އަބަދުމެ ލެހެއްޓެވުން އެދި ދުޢާ ކުރައްވާފައެވެ.

