
31 ރަށެއްގައި ކުޑަކުދިންގެ ޕާކު އެޅުމަށް ސިޓީސް، ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މިއަދު ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.
އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ލޯކަލް ގަވަރުމަންޓް މިނިސްޓްރީގެ ރަށްވެހި މާލަމުގަ އެވެ.
އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންޝަލް އެގްޒެކެޓިވް މުހައްމަދު ސަރާހެވެ.
އެ.ޗް.ޑީސީގެ ފަރާތުން ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އެވެ.
ހަވާލުކުރި ރަށްތަކަކީ:
- ހއ. މޮޅަދޫ، ހއ. ފިއްލަދޫ
- ހދ. ހަނިމާދޫ، ހދ. ނޮޅިވަރަމް
- ށ. ކަނޑިތީމު، ށ. މިލަންދޫ، ނ. ޅޮހި
- ރ. ހުޅުދުއްފާރު، ރ. މާކުރަތު، ރ. އިންނަމާދޫ، ރ. ކިނޮޅަސް، ރ. އިނގުރައިދޫ، ރ. ފައިނު
- ބ. ފެހެންދޫ, ބ. ކުޑަރިކިލު
- ވ. ފުލިދޫ, ވ. ކެޔޮދޫ
- ދ. މީދޫ
- ތ. ވޭމަންޑޫ، ތ. ތިމަރަފުށި، ތ. ގުރައިދޫ
- ލ. މާބައިދޫ، ލ. ދަނބިދޫ، ލ. މުންޑޫ
- ގއ. ވިލިނގިލި، ގއ. ކަނޑުހުޅުދޫ، ގދ. ގައްދޫ
- ސ. ހިތަދޫގައި 2 ޕާކް، ސ. ހުޅުދޫ، ސ. މަރަދޫފޭދޫ، ސ. ފޭދޫ

