
ލަންކާގެ ދެ މަސްބޯޓެއް ރާއްޖެ ސަރަހައްދުން ހިފަހައްޓާފައިވާކަމަށް ދިވެހިރާއްޖޭގެ ދިފާއީ ބާރުން ބުނެފިއެވެ.
މި ދެ މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ގެނެސްފައި ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި ޕްޓްރޯލްކުރުމުގެ މަސައްކަތުގެ ތެރެއިން އެމްއެންޑީއެފް އެއރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައިކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
ކޯސްޓުގާޑުގެ ސްޕެޝަލް ބޯޓް ސްކޮޑުގެ ބެލުމުގެ ދަށަށް މި ބޯޓުތައް ގެނެވުނީ ނޮވެމްބަރު 5ވަނަ ދުވަހުގެ ރޭކަމަށާއި މި ބޯޓުތައް ހަރަކާތްތެރިވަމުންދިޔައީ ވ. ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުންކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
މި ދެ ބޯޓު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް ދިފާއީ ބާރުން ބުނެފައިވެއެވެ.

