
އައްޑޫ ސިޓީ ހިތަދޫ ފުލެޓަކުން ކުއްޖަކު ވެއްޓިގެން ފަރުވާދޭން ފަށައިފިކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މި ކުއްޖާ ވެއްޓިފައި ވަނީ ހިތަދޫ 14ވަނަ ފުލެޓުގެ ދެވަނަ ފަންގިފިލާއިންކަމަށާއި މި ހާދިސާ ހިނގި ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ ދަންވަރު 12:00 އެހާއިރުކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި ހާދިސާގައި ވެއްޓިފައި ވަނީ ޢުމުރުން 15 އަހަރުގެ އަންހެން ކުއްޖެއްކަމަށާއި އެ ކުއްޖާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެއެވެ. އަދި ކުއްޖާގެ ޙާލަތު މިހާރު ސްޓޭބަލްކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އިތުރު ތަފްޞީލެއް ފުލުހުން ނުދެއެވެ.
މި މައްސަލަ އިތުރަށް ތަހްޤީޤު ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

