
މޯލްޑިވްސް ޕޯޓް ލިމިޓެޑް ބަނދަރު ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިފިކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ސޯޝިއަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެމްޕީއެލް ބަނދަރު ސަރަހައްދުން ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް މަޢުލޫމާތުދެއެވެ.
މި ހާދިސާގައި 3 މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ފުލުހުން މައުލޫމާތުދެއެވެ. މި ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހަވީރު 3:44 ކަމަށް ފުލުހުން ބުނެފައިވެއެވެ.
އިތުރު ތަފްޞީލް އަންނަނީ….

