ކޮޅުވެއްޓި ބަންޑުންޖަހާލި ޙާދިސާގައި ގެއްލުނު މީހުންގެ ތެރެއިން، ނިޔާވެފައި އޮއްވާ ފެނިފަވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެއްއެވެ.
ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމުން ޙޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފެނިފަވަނީ، ގއ.ދާންދުއަށް ނިސްބަތް އަޙުމަދު ޝިފާންއެވެ. އޭނާގެ ހަށިގަނޑު މޫދު އަޑިން ފެނިފަވަނީ މިއަދު ހެނދުނު 08:04 ގައިކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި ޙާދިސާގައި ނިޔާވި މީހާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ވަނި ތަޢުޒިޔާ ފޮނުއްވާފައެވެ.
ޖުމްލަ 7 މީހުން ކޮޅުވެއްޓީގައި ދަތުރުކުރިއިރު، އޭގެތެރެއިން 2 މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ޑައިވް ޓީމުން، އަންނަނީ ކުރަމުންނެވެ. މި މީހުން ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތައް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފަވެއެވެ.
މާލެއަތޮޅު އެރިއަދޫއަށް ދަތުރުކުރަމުންދަނިކޮށް ބަނޑުންޖަހާލާފައި ވަނީ “އަލްމާކް ފިޔަ” ނަމަކަށް ކިޔާ ކޮޅުވެއްޓިއެކެވެ.