އާފަލާއި އޮރެންޖު ހިމެނޭހެން އަސާސީ 23 ބާވަތެއްގެ ކާބޯތަކެތި ގަނޑުކޮށް އެސްޓީއޯއިން ގެނެސް އަގުހެޔޮކޮށް ވިއްކަން މިއަދު ފަށައިފި އެވެ.
އާފަލާއި އޮރެންޖު ހިމެނޭހެން ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން 23 ބާވަތެއްގެ އަސާސީ ކާބޯތަކެތި އެސްޓީއޯ މެދުވެރިކޮށް ގެނެސް އަގުހެޔޮކޮށް ވިއްކަން ނިންމެވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހު އެވެ.
އަދި އެއާއެކު އެ ތަކެތި ރާއްޖެ ގެނެސް މި މަހުގެ މެދުތެރޭގައި އެސްޓީއޯއިން ވިއްކަން ފަށާނެ ކަމަށް އޮތީ ބުނެފަ އެވެ.
އެސްޓީއޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސަރުކާރުގެ ވައުދާ އެއްގޮތަށް އެ ކާބޯތަކެތި ގެނެސް ވިއްކަން މިހާރު ފަށާފައިވާ ކަމަށެވެ.
ލިސްޓްގައި ހިމެނޭ މޭވާ:
- ދޮންކެޔޮ، އާފަލު، އޮރެންޖް، ލުނބޯ، ޕެޝަން ފްރުޓް، މޭބިސްކަަދުރު، ކަރާ، އަނބު، ފަޅޯ
ލިސްޓްގައި ހިމެނޭ ތަރުކާރީ:
- ފިޔާ (ރަތް)، އިނގުރު، ކެރެޓް، ލޮނުމެދު، އަލުވި، ކައްޓަލަ، ބަށި، ބޯވެލި (ސްޕިނިޗް)، ބަރަބޯ، ކެބެޖް، މިރުސް
އެހެނިހެން ބާވަތްތަކަކީ މުގު (ރީނދޫ)، ކުކުޅު ބިސް އަދި ކާއްޓެވެ.
އެސްޓީއޯއިން މިދިޔަ މަހު ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި ބޭރުން ބިން ހޯދައިން ތަރުކާރީއާއި މޭވާ ހައްދައި އެތަކެތި ރާއްޖެ އެތެރެކުރުމުގެ ޕްލޭންތައް ވެސް އެބަ ހުއްޓެވެ.