އުރީދޫއިން އިމިގްރޭޝަންގެ މުވައްޒަފުންނަށް “މާސްޓާރިން ކަސްޓަމާ ސާވިސް”ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ހިންގައިފި އެވެ.
މިދިޔަ މަހުގެ 13 ވަނަ ދުވަހުން 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގުރާމުގެ މަގުސަދަކީ ކަސްޓަމާ ސާވިސް ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރުތައް ފްރަންޓްލައިންގައި މަސައްކަތްކުރާ އިމިގްރޭޝަން އޮފިސަރުންނަށް އެންމެ ފުރިހަމައަށް ދަސްކޮށްދިނުމެވެ.
މި ޕްރޮގްރާމްގައި އިމިގްރޭޝަންގެ 160 އޮފިސަރުން މުވާސަލާތީ އަދި ކަސްޓަމާ ހޭންޑްލިން އަދި ޑިސިޝަން މޭކިން ސްކިލްސް ރަނގަޅުކުރުމަށް އުރީދޫއިން ތަމްރީން ދީފައިވެ އެވެ.
އެ ޓްރެއިނިން ހިންގީ އުރީދޫގެ އައިއެސްއޯ ސެޓިފައިޑް ކޮންޓެކްޓް ސެންޓަރުންނެވެ. އެ ތަނަކީ ރާއްޖޭގައި ހުރި ހަމައެކަނި އައިއެސްއޯ ސެޓިފައިޑް ކޮންޓެކްޓް ސެންޓަރެވެ.