ރާއްޖޭގައި ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހިފެހެއްޓުމަށް، ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ގޮވާލުމުން ފާޑު ކިޔަން ފަށައިފިއެވެ.
މީޑިއާ ބިލް ކުރާ ބިލު ފާސްކުރުމުން އެކްސްގައި ކުރި ޕޯސްޓެއްގައި ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ބުނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އަސާސީ ހައްގެއްގެ ގޮތުގައި ނޫސްވެރިން ހިމެނޭ ގޮތަށް އެންމެނަށް ލިބިދިނުމަށް އެމެރިކާއިން ތާއީދު ކުރާ ކަމަށެވެ. އަދި ރާއްޖެ ހިމެނޭ ގޮތަށް ހުރިހާ ގައުމަކަށް ވެސް ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހިފަހައްޓައި އިދިކޮޅު ފަރާތްތަކަށް ހިޔާލުތައް ފާޅުކުރުމަށް ފުރުސަތު ދޭން ވަނީ ގޮވާލައިފަ އެވެ.
އެކްސްގައި ކުރި ޕޯސްޓްގައި ގިނަ ބަޔަކު ވަނީ އެމެރިކާއަކީ މިނިވަން ނޫސްވެރިކަމަށް ގޮވާލުން އެންމެ އައުލާކަން ބޮޑު މީހުން ނޫން ކަމަށް ބުނެފައެވެ. އެގޮތުން އެމެރިކާގެ ވާގިވެރިކަމާއެކު އިޒްލޭރުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގައި އެތައް ނޫސްވެރިންނެއް ޝަހީދުވެފައިވާކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
މި ބިލު ފާސްކޮށްފައިވަނީ ބައެއް އިސްލާހުތަކާއެކު އެވެ. ބަންޑާރަ ނައިބުގެ އޮފީހުން ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ. އޭގެތެރޭގައި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުމުގެ އިސްލާހު ވެސް ހިމެނެ އެވެ.