ލޫޓުވައިފި، ދަވާލައިފި ޝިޔާރުތައް ހިމެނޭ ބެނާތައް ދަމަން އެންމެ އައުލާކަން ބޮޑުވެގެންވަނީ އިދިކޮޅު އެމްޑީޕީ އޮފީސް ކުރިމަތީގައި ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރާއި ދެކޮޅަށް އިދިކޮޅު އެމްޑީޕީން ބާއްވަން ތައްޔާރު ވަމުން އަންނަ “ދަވާލައިދި، ދަވާލައިފި” އެއްވުމާއި ގުޅިގެން ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްްގައި ވިދާޅުވީ ލޫޓުވައިފި، ދަވާލައިފި ފަދަ ޝިއާރު ހިމެނޭ ބެނާތައް ޖެހުން އެންމެ އައުލާކަން ބޮޑީ އެމްޑީޕީ އޮފީސް ކުރިމަތީގައި ކަމަށް ދެކޭ ކަމަށެވެ. އަދި އެމްޑީޕީން ކިތަންމ ބެނާތައް މަގުމަތީގައި ދެމިއަސް ރައީސް މުއިއްޒުގެ ސަރުކާރުން އެ ބެނާ ނުނަގާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒު އަކީ އިދިކޮޅު ސިޔާސީ ހަރަކާތް ހިންގަން ޖާގަ ދެއްވަން ކެރިވަޑައިގަންނަވާ ވެރިއެއް ކަމަށް ވިދާޅުވެފައެވެ.
“އަޅުގަނަޑުމެން އިދިކޮޅުގައި ތިބި ދުވަސްވަރު ތިބާފުޅުން (އެމްޑީޕީ) އިން ކަނޑުވިއްކާލައިގެންނާއި، ދިވެހި ރައްޔިތުން ބިކަކޮށްގެންނާއި، ފްލެޓުތައް ފޭރިގެން ބާއްވަން އުޅުނުހާ އެއްވުން ތަކަށް އެއްވެސ ބެނާއެއް ދެމުމުގެ ހުއްދައެއް ނުދެއްވި ތިބޭފުޅްނަނީ ފިނޑި ފިދަނަތަކެއް” ޝުޖާއު ވިދާޅުވިއެވެ.
އެމްޑީޕީން އަންނަނީ އަންނަ އޮކްޓޫބަރ މަހުގެ 3 ވަނަ ދުވަހު މާލޭގައި އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެއީ ސަރުކާރުގެ ވެރިން ދައުލަތް ލޫޓުވަމުންދާކަމަށް ބުނެ ބާއްވާ އެއްވުމެކެވެ.