މާލެއިން ހުޅުމާލެއަށް ދަތުރު ކުރާ ހައިވޭގައި ދުއްވާފައި ދިޔަ ޕިކަޕެއް ފުރޮޅާލައިފި އެވެ.
ފުލުހުން ބުނީ ހައިވޭގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ފުރޮޅު ފަޅައިގެން ގޮސް, ޑިވައިޑާތަކުގައި ޖެހި ޕިކަޕު ފުރޮޅާލައިފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ކޮންޓްރޯލުން ނެއްޓި ޕިކަޕު ކާރެއްގައި ވެސް ޖެހިފައި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ކާރަށް މާބޮޑު ގެއްލުމެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް ފުރޮޅާލި ޕިކަޕަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.