ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށްދޭ ސްކޮލާޝިޕް އަދި ހާއްސަ ސްކޮލާޝިޕް ލިބުނު ފަރާތްތަކަށް ރޭ ލިޔުުން ހަވާލުކޮށްފި އެވެ.
އެކަމަށްޓަކައި ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ސްކޮލާޝިޕް ލިބުނު ފަރާތްތަކަށް ލިއުން ހަވާލުކޮށްދެއްވީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ.
މިފަހަރު ސްކޮލާޝިޕް ލިބިފައިވަނީ ޖުމްލަ 24 ފަރާތަކަށެވެ. މީގެ ތެރޭގައި ހިމެނެނީ ފުލް ސްކޮލާޝިޕް ލިބުނު 17 ފަރާތަކާއި ސްޓިޕެންޑް ލިބުނު 6 ފަރާތަކާއި ޓިއުޝަން ފީ ލިބުނު 1 ފަރާތެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ގައުމުތަކުގައި މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތުތަކެވެ. ރާއްޖޭން ބޭރުން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ އަދި މިސްރެވެ.
ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް، ސްކްލާާޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އޭޕްރިލް މަހުއެވެ. އަދި ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ.