އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން މިއަދު އާންމުންނަށް ހިލޭ އައިސް ކްރީމް ބުއިމުގެ ފުރުސަތެއް ހުޅުވާލައިފި އެވެ.
އެ ކުންފުނިން ބުނީ މިކަން ކުރިއަށް ދާނީ ހުޅުމާލޭގައި ހުންނަ އުރީދޫގެ ހެޑްކުއާޓަރުގައި ކަމަށެވެ.
އެއީ ހަވީރު 4:30-6:00 އަށެވެ. އެހެންވެ އުރީދޫގެ އައިސް ކްރީމް ހަރަކާތުގައި ބައިވެރިވެލައިގެން މިއަދު ހިލޭ އައިސް ކްރީމް ބޯލައި ކުންފުނީގެ އަހަރީ ދުވަހާ ގުޅޭ އުފަލުގައި ބައިވެރިވުމުގެ ފުރުސަތު މިއޮތީ އެންމެންނަށް ހުޅުވާލައިފަ އެވެ.
އުރީދޫގެ މި ދައުވަތަށް ދާން އަވަހަށް ތައްޔާރުވާންވީ އެވެ.
ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ކުންފުނީގެ ތެރެއިން އުރީދޫގެ ހިދުމަތް ތައާރަފުކުރީ އޮގަސްޓް 1، 2005 ގަ އެވެ. އެ ކުންފުނިން ވަނީ މިއަދުގެ އައިސް ކްރީމް ބުއިމުގެ ހަރަކާތަށް ވާދަވެރި އަނެއް ކުންފުނި، ދިރާގަށް ވެސް ދައުވަތު ދީފަ އެވެ.