މާލޭގެ އުތުރު ފަރާތުގައި ހެދި ބަނދަރު ނޯތު ހާބަރުގެ ދަށުން ހިދުމަތް ދޭން ނިންމައިފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެ ކުންފުންޏާ ޓްރާންސްޕޯޓް މިނިސްޓްރީއާއި އެ ދެމެދު ސޮއިކުރި ފަހުމުނާމާއެއްގެ ދަށުން، މާލޭގެ އުތުރު ފަރާތު ބަނދަރު، އެމްޕީއެލް ސަރަހައްދުން ފެށިގެން މަސްމާރުކޭޓު ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާއި ހަމައަށް އެމްޕީއެލްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ެހެންކަމުން، މި ބަނދަރު ހިންގައި ބަލަހައްޓާނީ، އެމް.ޕީ.އެލްގެ މާލޭ ނޯތު ހާބަރގެ ދަށުންކަމުގައި ދަންނަވަމެވެ.
މާލޭ ނޯތު ހާބަރގެ އިން މި ބަނދަރު ހިންގުމާ ހަވާލުވުމާއެކު، މި ބަަނދަރުން 2025 އޯގަސްޓް 1 ވަނަ ދުވަހުން ފެށިގެން ޚިދުމަތް ދޭނީ މާލޭ ނޯތު ހާބާރގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދު ފަހަރަށެވެ. މި ބަނދަރުން ޚިދުމަތް ހޯދަން ބޭނުންވާ އުޅަނދު ފަހަރުގެ ތެރެއިން، މިހާތަނަށް މާލޭ ނޯތު ހާބަރގައި ރަޖިސްޓްރީކޮށްފައިނުވާ އުޅަނދުތަކަށް މިހާރު ވަނީ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
އަދި 2025 ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން އަލަށް މާލޭ ނޯތު ހާބަރގެ ދަށަށް ކަނޑައެޅުނު ސަރަހައްދުން ޚިދުމަތް ފޯރުކޮށްދޭނީ މާލޭ ނޯތު ހާބަރ ހިންގުމުގެ އުސޫލުގެ ދަށުންނެވެ. މާލޭ ނޯތު ހާބަރ ހިންގުމުގެ އުސޫލާއި ޓެރިފް މީގެ ކުރިން ވާނީ ގެޒެޓްކޮށްފަ އެވެ.
އެހެންކަމުން އުތުރު ފަރާތު ބަނދަރު ދެން ހިންގައި ބަލަހައްޓާނީ މާލޭގެ ނޯތު ހާބަރުގެ ދަށުން ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.
މާލޭ ނޯތު ހާބަރުން އެ ބަނދަރު ހިންގުމާ ހަވާލުވުމާއެކު، އަންނަ މަހުން ފެށިގެން އެ ބަަނދަރުން ހިދުމަތް ދޭނީ މާލޭ ނޯތު ހާބާރގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދު ފަހަރަށް ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.
އެހެންވެ އެ ބަނދަރުން ހިދުމަތް ހޯދަން ބޭނުންވާ އުޅަނދު ފަހަރުގެ ތެރެއިން، މިހާތަނަށް މާލޭ ނޯތު ހާބަރުގައި ރަޖިސްޓްރީކޮށްފައިނުވާ އުޅަނދުތަކަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.
“އަދި 2025 ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން އަލަށް މާލޭ ނޯތު ހާބަރގެ ދަށަށް ކަނޑައެޅުނު ސަރަހައްދުން ޚިދުމަތް ފޯރުކޮށްދޭނީ މާލޭ ނޯތު ހާބަރ ހިންގުމުގެ އުސޫލުގެ ދަށުންނެވެ. ” އެމްޕީއެލްއިން ބުންޏެވެ.