
ޕެންޝަން އޮފީހުގެ ޗީފް ލީގަލް އޮފިސަރު އަބްދުﷲ ފިކުރީ އިސްތިއުފާ ދެއްވައިފިއެވެ.
“ދެން” އަށް އެނގިފައިވާ ގޮތުން ފިކުރީ އިސްތިއުފާ ދެއްވީ ނިމިގެން ދިޔަ ހަފްތާގައެވެ.
ނަމަވެސް ފިކުރީ އިސްތިއުފާދެއްވި ސީދާ ސަބަބެއް ސާފެއް ނުވެއެވެ.
ފަހަކަށް އައިސް ޕެންޝަން އޮފީހުގެ އިސް ގިނަ ބޭފުޅުންތަކެއް ވަނީ އިސްތިއުފާ ދެއްވައިފައެވެ.
އޭގެ ތެރޭގައި ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)ހައްވާ ފަޖުވާއާއި ޕެންޝަން އޮފީހުގެ ބޯޑުގައި އިންނެވި އަހުމަދު ސަރުވަޝް އާދަމްއާއި ސީއީއޯ ސުޖާތާ ހަލީމް އަދި އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުން އަހުމަދު އިނާޒް ހިމެނިވަޑަައިގަންނަވައެވެ.

