
ތޫނު ހަތިޔާރުން ބިރު ދެއްކި މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ސ. ހިތަދޫ/ ލާސާނީގެ، ހުސެއިން ހަނީފް(32އ)އެވެ.
އެ މައްސަލައިގައި އޭނާ ފަސް ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ބަންދު އަމުރުގައިވާ ގޮތުން ހަނީފްއާ ދެކޮޅަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވެއެވެ. އެގޮތުން ސީންއަށް ދިޔަ ފުލުހުންގެ ހާދިސާގެ ރިޕޯޓާއި ސުޕަމާކެޓް ބައި ސަމަން ފިހާރައިގެ ސީސީޓީވީ ކެމެރާގެ ފުޓޭޖް ހުށަހަޅާފައިވެއެވެ.
ހަނީފްއަކީ ހައްޔަރާއި ބަންދުގެ ރެކޯޑް އޮންނަ މީހެކެވެ. އެގޮތުން ހުޅުމާލޭ ފްލެޓަކުން ފޯނަކާއި ލެޕްޓޮޕެއްގެ އިތުރުން ބައެއް ފައިސާ އާއި މުދާ ވަގަށް ނެގި މައްސަލައެއްގައި އޭނާ މީގެ 10އަހަރުކުރިން ދެ މަހަށް ޖަލަށްވެސް ލިއެވެ.

