
ރ. ދުވާފަރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެފަދަ މައްސަލައެއް މިރޭ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށައި އަނިޔާ ލިބުނު ބިދޭސީ މީހާއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.
އިތުރު ތަފްޞީލެއް ނުލިބެއެވެ.

