
މި އަހަރުގެ މިހާތަނަށް ތެލެސީމިއާ ހުންނަ ހަތަރު ކުދިން އުފަންވެއްޖެއެވެ.
އެކަން ހާމަވީ ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރަ ތެެލެސީމިއާ ދުވަހާ ގުޅިގެން މާލެ ސިޓީ އޮފް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.
އެގޮތުން މި އަހަރުގެ މިހާތަނަށް ވެސް ތެލެސީމިއާ ހުންނަ ހަތަރު ކުދިން އުފަންވުމަކީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވާން ޖެހޭކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެކަމާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރަން ކައުންސިލިންގެ ހިދުމަތް އިތުރަށް ހަރުދަނާކުރަން ނިންމާފައިވާކަމަށް ހަލީމް ވިދާޅުވިއެވެ.
“އެގޮތުން ކައިވެނީގެ ކުރިން ދެވޭ ކައުންސިލިން ހިމެނޭހެން ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތާއި އިރުޝާޔ ފޯރުކޮށްދިނުމުގެ ހާއްސަ ނިޒާމެއް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ތައާރަފްކުރާނަން” ހަލީމް ވިދާޅުވިއެވެ.
ތެލެސީމިއާ ހުންނަ ކުދިން ލިބެނީ ތެލެސީމިއާ ވާރުތަވާ ދެ ކެރިއަރުންނަށެވެ.

