
މިއަދު ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން، ރާއްޖޭގެ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު ތިން މީހަކު ހިމެނޭގޮތަށް ޖުމްލަ ހަތަރު ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހުސް ދިވެހިންނެވެ. ނަމަވެސް، ތަޙުޤީޤު ކުރިއަށްދާ މަރުޙަލާ ކަމަށްވާތީ އެ މީހުންގެ ވަނަވަރު ފުލުހުން އަދި އާންމުކޮށްފައެއް ނުވެއެވެ. އޭގެ އިތުރުން، އެ މީހުން އަތުލައިގަތް ސަރަޙައްދު ބަލައި ފާސްކުރުމުގެ އިތުރުން އެ މީހުންގެ ހަށިގަނޑު ފާސްކުރުމުގެ މަސައްކަތް ފުލުހުންގެ ޓީމުތަކުން މިހާރު ވެސް ދަނީ ކުރަމުންނެވެ.
ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރަމުންދާ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި، އެފަދަ ތަކެތި ބޭނުންކުރުން މަދުކުރުމަށްޓަކައި ފުލުހުން ދަނީ މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް މެދުކެނޑުމެއްނެތި އެންޓި-ނާކޮޓިކްސް އޮޕަރޭޝަންތައް ސިލްސިލާކޮށް ހިންގަމުންނެވެ.

