
މއ. ސުއްކަތުރާގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، ދުމުގެ އަސަރު ކުރުމާ ގުޅިގެން ހާލު ދެރަވި މީހަކަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، މި ހާދިސާގެ ރިޕޯޓު ސިފައިންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 10:20 ހާއިރުކަމަށާއި، އަލިފާން އެންމެ ފުރަތަމަ ހިފާފައި ވަނީ އެ ގޭގެ ސިޓިންގރޫމާއި ބަދިގެ ގުޅިފައިވާ ސަރަޙައްދުގައި ހުރި ކަބަޑުސެޓެއްގެ ތިރީގައި ކަމަށެވެ.
މއ. ސުއްކަތުރާގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި.https://t.co/NIVx24l6Rw pic.twitter.com/gKsfxcZclO
— Maldives National Defence Force (@MNDF_Official) June 30, 2026
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުގެ ހަލުވި މަސައްކަތުން މިހާރު އެ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލާފައިވާއިރު، އިމާރާތުގެ ތެރޭގައި ހުރި ދުންތައް ބޭރުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

