
ވަގަށް ނަގާފައިވާކަމަށް ބެލެވޭ ބައިސްކަލަކާއި ހޮވައިގެން ގެނައި ފޯނެއްގެ ވެރި ފަރާތް ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ވެރި ފަރާތް ހޯދަން އިއުލާންކުރި ބައިސްކަލަކީ ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނުނު އެއްޗެއް ކަމަށެވެ.
އަދި ވެރިފަރާތް ހޯދަމުންދާ ފޯނަކީ މި މަހުގެ 22ވަނަ ދުވަހު ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ އޮޓީޓޯ ބްރޭންޑުގެ މޯބައިލް ފޯނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވެރި ފަރާތް ހޯދަމުންދާ އިތުރު ތަކެތީގެ ތެރޭގައި ހިމެނެނީ
- މި މަހުގެ 11ވަނަ ދުވަހު ހޮވައިގެން ގެނެސްފައިވާ އިއަރޕޮޑެއް
- މި މަހުގެ 17ވަނަ ދުވަހު އަލިކިލެގޭފާނު މަގުން ހޮވައިގެން ގެނެސްފައިވާ ލުނބޯ ފޮށިގަނޑެއް.
- މި މަހުގެ 20ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު ރައީސް އޮފީސް ކައިރިން ހޮވައިގެން ގެނެސްފައިވާ އިއަރޕޮޑެއް.
- މި މަހުގެ 21ވަނަ ދުވަހު މެދުޒިޔާރަތްމަގު މަޖީދިއްޔަ ސުކޫލު ކައިރިން ހޮވައިގެން ގެނެސްފައިވާ ކާރު ރިމޯޓެއް.
އެ ތަކެތީގެ ވެރިފަރާތުން ފުލުހުންނަށް މައުލޫމާތު ހިއްސާކޮށް އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅޫމާލެ ޕޮލިސް ސްޓޭޝަންތަކަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

