
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ވަކި ބަޔަކަށް ފައިދާވާ ގޮތަށް އިންތިޚާބާ ނުކުޅެވޭނެ ކަމަށް އެމްޑީޕީގެ ޗެއަރ ޕަރސަން ކަމަށް ވާދަކުރައްވާ އަދި ގަލޮޅު ދެކުނު ދާއިރާގެ މަޖިލސް މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިޚާބު ލަސްކުރަން އުޅޭ އުޅުމަކީ ޕާޓީގެ އެއްވެސް މެންބަރެއް ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި ޕާޓީން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
“ކޮމިޓީއިން ނިންމާފައިވާ ނިންމުމަށް އިހްތިރާމް ކުރައްވާ. އަޅުގަނޑާއި އަޅުގަނޑުގެ ޓީމު މިތިބީ އިންތިހާބަށް ފުރިހަމައަށް ތައްޔާރަށް,” މީކާއީލް ވިދާޅުވިއެވެ.
ޕާޓީގެ ޗެއާޕާސަން އިންތިހާބު ލަސްކުރަން އުޅޭ އުޅުމަކީ އަޅުގަނޑުވެސް އަދި މިޕާޓީގެ އެއްވެސް މެންބަރެއްވެސް ބަލައިގަންނާނެ ކަމެއް ނޫން. ޕާޓީން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދަންޖެހޭ. ވަކި ބަޔަކަށް ފައިދާވާގޮތަށް އިންތިހާބާ ނުކުޅުއްވާ، ކޮމިޓީއިން…
— Meekail Naseem (@MickailNaseem) May 1, 2026
އެމްޑީޕީގެ އިންތިހާބު ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 12 އަށެވެ. އެހެން ނަމަވެސް، އެމްޑީޕީގެ ވަގުތީ ޗެއަރ ޕަރސަންއަކަށް މިހާރު ހުންނެވި ޣަފޫރު(ގަޕޯ) އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބާއްވަން ޕާޓީގެ މަޖެޓުގައި ފައިސާއެއް ނެތް ކަމަށެވެ.

