
ބ. އޭދަފުށީ ފަޅުތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި އެ ރަށުގެ ބަނދަރު ސަރަހައްދު މޫދުގައި މީހަކު ނިޔާވެފައިވާ ކަމުގެ ރިޕޯޓު ލިބުނީ މިއަދުގެ ހެނދުނު 7:55 އެހާކަންހާއިރުގައެވެ.
ނިޔާވެފައި އޮއްވާ ފެނުނީ ސީސަންގެ، ބ. އޭދަފުށީ، ޢަލީ ޢަބްދުﷲ (82އ)އެވެ.
މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

