
ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ އިއުލާންކޮށް ނުނިމެނީސް، ޕާޓީ ތެރެއިން ހުދު މުންޑާއި ލިބާހާއި ގަމީސްލީ ވަރުގަދަ އަތޮޅުވެރިންތަކެއް ނިކުމެއްޖެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހިންގުމަށް ގެނައި ބަދަލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، މީސްމީޑިއާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެގައި ރީކޯ ވިދާޅުވީ، އިހުގައި އޮތް އަތޮޅުވެރިންގެ އަރިހުގައި ރައްޔިތުމީހާ ނިކަމެތިވެގެން ހުންނަން ޖެހުނު ސަގާފަތް އަދިވެސް ރާއްޖޭގައި އެބައޮތް ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕާޓީގެ ގިނަ ބަޔަކު ކުރިއަށް ނިކުމެ، ހަގީގީ މަސައްކަތް ކުރި އެންމެން ފަހަތަށް ޖައްސައި، އިންތިޚާބު ނުކުރާ ހައެއްކަ މީހުން ނިކުމެ ޕާޓީ ހިސޯރުކޮށްފި ކަމަށް ރީކޯ ވިދާޅުވިއެވެ.
“މިކަމާ ހިތާނުވެ އެއްޗެއް ބުނީތީ، މަ ފަކީރު ކޮށާ ކާޅަށް މަސްކޮޅު ކާންދީފި.” އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ ވިދާޅުވިއެވެ.
އަތޮޅުވެރިންނަށްހިއްޕެވޭނީ ވަލުގައެވެ.ބާރެއް ނުލެއްވޭނެއެވެ.
ދޯނިއެހެލަން ރައްޔަތުން ދަމައިގަންނަ ވަލަކަށް އަތޮޅުވެރިން ބާރެއް ނުލައްވާނެއެވެ.
މިސަޤާފަތު އަދިވެސް ރާއްޖޭގާއެބައޮތެވެ.ނިމިދިއަ ލޯކަލްކައުނސިލް އިނތިޚާބުMDPއަށް ކާމިޔާބުވީ ޢާއްމު މެމްބަރުންނާއި… pic.twitter.com/WO2xPAip4A
— Moosa Maniku (Reeko) (@ReekoMoosa) April 17, 2026
މީގެ އިތުރުން އެމްޑީޕީގެ އާންމު މެންބަރުން މަގު މައްޗަށް ނިކުމެ މުޒާހަރާ ކުރަނީ ކަމަށާއި ޕާޓީ ހިންގުމާ ހަވާލުވި ރިޔާސީ ކެންޑިޑޭޓުންގެ ކޮމިޓީގެ ބޭފުޅުން ކޮބައިތޯ ރީކޯ ވަނީ ސުވާލު ކުރައްވާފައެވެ. އަދި މިފަދަ ކޮންމެ ކަމެއްގައި ގޭނި ހުސްވަންވީ އާންމު މެންބަރުންތޯއާއި ހަމައެކަނި ކޯޓު ފަޓްލޫންގައި ވެރިކަން ކުރަން ބޮޑުންގެ ކޮމިޓީ ތިބެނީތޯ ވެސް މޫސަ ވަނީ ސުވާލު ކުރައްވާފައެވެ.
ހަމައެހެންމެ އެ މަނިކުފާނު އެމްޑީޕީގެ އިސްސަފުގައި ހުންނެވި ދުވަސްވަރު ޕާޓީގެ ކޮންމެ ހަރަކާތެއްގައި އިސްކޮށް ހުންނަވާކަން މޫސަ ވަނީ ފާހަގަ ކުރައްވާފައެވެ.

