ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ހަމަލާ ދީފި އެވެ.
މަޖިލީހުގެ އެމްޑީޕީގެ މެންބަރަކު “ދެން” އަށް ވިދާޅުވީ ފިއްޓޭ ހަމަލާދީފައިވަނީ އިއްޔެ ހަވީރު އާސަހަރާގައި ޖަނާޒާއަކަށް ވަޑައިގެން ހުންނަވަނިކޮށް ކަމަށެވެ.
އަދި ހަމަލާދިނީ ދޮށީ އުމުރުގެ މީހެއް ކަމަށްވެސް އެ މެންބަރު ވިދާޅުވި އެވެ.
“މިހަކު ގޮސް ފިއްޓެ ގައިގައި އުޅަބޮށިން ޖެހީ، ފުއްޕާފައި ނޫޅެވޭނެ ކަމަށް ބުނެ އިންޒާރު ދިން” އެ މެންބަރު ވިދާޅުވި އެވެ.
އެ މީހާއަކީ އާއްމުކޮށްވެސް ރުޅިގަދަ މީހެއް ކަމަށް ބުނާތީ އެ މައްސަލަ ފުލުހަށް ހުށަހަަޅަން ބޭނުންނުވާ ކަމަށާއި، އަދި އާއިލާއާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކޮށްފައިވާ ކަމަށް މައުލޫމާތު ދިން މެންބަރު ވިދާޅުވި އެވެ.