އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންނާއި ފުލުހުން ވަދެއްޖެ އެވެ.
ފުލުހުން މީޑިއާ އޮފިޝަލް މިއަދު “ދެން” އަށް ވިދާޅުވީ އެނިމަލް ވެލްފެއާ މިނިސްޓްރީގައި އެ އިދާރާގެ އޮފިސަރުންނާއި އޭސީސީގެ ފަރާތުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ މިނިސްޓްރީއަށް ވަދެފައި ވަނީ އޭސީސީން އިސްނަގައިގެން ހިންގާ ތަހުގީގަކާ ގުޅިގެން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭސީސީން ކުރިއަށް ގެންދާ ތަހުގީގެއް ނަމަވެސް ކަމާ ގުޅިގެން އެ ކޮމިޝަނުން މިހާތަނަށް އެއްވެސް ބަހެއް ހާމަކޮށްފައެއް ނުވެ އެވެ.
ވުމާ އެކު އެނިމަލް ވެލްފެއާ މިނިސްޓްރީގައި އޭސީސީންނާއި ފުލުހުން ހަރަކާތްތެރިވަނީ ކޮން މައްސަލައަކާ ގުޅިގެންކަން ސާފުވާ ގޮތް ވަނީ ނުވެފަ އެވެ.
ސަރުކާރުގެ އެކި މިނިސްޓްރީތަކާއި އިދާރާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ އެކި މައްސަލަތައް އެ ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.