
އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ ސްކޭމްގެ މައްސަލައެއްގައި 54 އަހަރުގެ އަންހެނަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފިއެވެ.
ފުލުހުން ހޯދަން އިއުލާންކުރީ މ. ގޯބިލިގަސްދޮށުގެ / މާލެ، ސަލީމާ ސަލީމް (54އ)އެވެ.
އޭނާ ހޯދަން އިއުލާންކުރީ ސްކޭމްގެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ މި މަހުގެ 26ވަނަ ދުވަހު ސްކޭމްގެ މައްސަލައާ ގުޅޭ ގޮތުން ސުވާލުކުރަން ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ސަލީމާ ހާޒިރުވާން ފުލުހުން ވަނީ އަންގައިފައެވެ.
ސްކޭމްގެ މައްސަލަތައް ރާއްޖޭގައި ވަރަށް ބޮޑެވެ. އަދި އެފަދަ މައްސަލަތަކުގައި ދޭތެރެ ދޭތެރެއިން މީހުން ހައްޔަރުކުރެއެވެ.

