
ގދ. ފަރެސްމާތޮޑާ ގެއެއްގެ އޭސީއެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާދިސާގެ މައުލޫމާތު ރޭ ފަތިހު 04:00 އެހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި ފުލުހުން އެ ސަރަހައްދަށް ވަގުތުން ގޮސް، އަލިފާންގަނޑު ކޮންޓްރޯލު ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވާ ކަމަށް ބެލެވެނީ އެ ގޭގެ ކޮޓަރިއެއްގައި ހުރި އޭސީއެއްގައި ކަމަށާއި އެ ކޮޓަރީގައި އޮތް މީހަކަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވެފައިވާ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާގައި އެ ގެ ވަރަށް ބޮޑަށް އަނދައިގެން ގޮސްފައިވާ ކަމަށާއި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

