
ރައީސް މުއިއްޒު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައިފިއެވެ.
ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ރައީސް މުއިއްޒު ޕާކިސްތާނަށް ވަޑައިގަންނަވާނީ މި މަހުގެ 20ވަނަ ދުވަހުއެވެ.
އެ ދަތުރުފުޅުގައި މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ގޮތަށް ބޮޑަށް ވަފުދެއްވެސް އެމަނިކުފާނާއެކު ވަޑައިގަންނަވާނެ ކަަމަށް ރިޕޯޓްކޮށްފައިވެއެވެ.
އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްއާ ބައްދަލުކުރައްވައި އެމްއޯޔޫތަކެއްގައި ސޮއިކުރައްވާނެކަމަށް ވެސް ނޫސްތަކުން ރިޕޯޓްކުރިއެވެ.
ރައީސް މުއިއްޒު ޕާކިސްތާނަށް ދަތުރުފުޅު ކުރައްވާއިރު ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މަޖިލިސްގެ ގިނަ ޕީއެންސީގެ މެމްބަރުންތަކެއްވެސް ވަނީ ޕާކިސްތާނަށް ވަޑައިގެންފައެވެ.
އެ ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގެ ގައުމީ އެއާލައިން ޕީއައިއޭއިން ވަނީ ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ނިންމިކަން ވެސް ހާމަކޮށްފައެވެ.

