
ހުއްދަ ނެތި ބޮޑު އަގުގައި ބޭރު ފައިސާ ވިއްކަމުން ދިޔަ ތިން ބިދޭސީއަކު އަތުލައިގެންފިއެވެ.
ފުލުހުން މިއަދު ބުނީ އެ ތިން މީހުން ހައްޔަރުކުރީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަންދުކޮށްފައި ވަނީ އާމިރު ޙުސައިން އާއި އެމްޑީ މީޒާނުއްރަޙްމާން އަދި ސިރާޒް ޚާންއެވެ. އެމީހުން ބަންދުކޮށްފައި ވަނީ 2026 އޮކްޓޫބަރު 12ވަނަ ދުވަހުއެވެ. އެ މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ވެސް ކުރިއަށް ގެންދާއިރު، މި ދެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ،
“މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު، މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733އަށް މެސެޖުކުރައްވަމުން ގެންދިއުމަށް ދަންނަވަމެވެ. މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަރ އަދި ވަޓްސްއެޕް ފަދަ މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށް ވެސް މައުލޫމާތު ހިއްސާކުރެއްވޭނެއެވެ.” ފުލުހުން އިތުރަށް ބުންޏެވެ. ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޮޑު އަގުގައި ބޭރު ފައިސާ މާރުކުރުމަކީ މިހާރު ގާނޫނީ ގޮތުން ކުށެކެވެ.

