
ޓެމޫ ފަދަ އޮންލައިން ވިޔަފާރިތައް ކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރުމަށް ގެނެސްދޭ ޕްރޮގްރާމް، “ރައްޔިތުންގެ އަޑު”ގައި ބައިވެރިވި އަންހެނަކު ވަނީ މިހާރަކަށް އައިސް ޓީމޫ ފަދަ ވެބްސައިޓުތަކުން ވިޔަފާރި ކުރުމުގައި ދަތިތައް އުޅޭތީ އެކަން ރައީސްއާ ހިއްސާކުރައްވައިފައެވެ. ރައީސް ވަނީ އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭނާއަށް ދެއްވައިފައެވެ.
“ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ” ރައީސް ވިދާޅުވިއެވެ.
ރާއްޖެއަށް ޑޮލަރު ލިބުން ދަތިވުމުން ބޭންކް އޮފް މޯލްޑިވްސްއިން ޓެމޫ ފަދަ އޮންލައިން ވިޔަފާރިތަކަށް މިހާރު އޮންނަނީ ކޮންމެ ދުވަހަކު ވެސް ލިމިޓެއް ކަނޑައަޅައިފައެވެ. އެ ލިމިޓް ހަމަވަނީ ކޮންމެ ދުވަހަކު ވެސް ހެނދުނު ހަތެއް ޖަހާއިރުއެވެ.
ޓެމޫއަކީ ރާއްޖެއިން ބޭރުން އަގުހެޔޮކޮށް ތަކެތި ގެނަައުމަށް ރާއްޖޭގެ ގިނަ ބަޔަކު މިހާރު އެންމެ ގިނައިން ބޭނުންކުރަމުންދާ އެއް ވެބްސައިޓްއެެވެ.

