
13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮއްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، އިތުރުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ އިތުރުން ޖިސްމާނީ އަނިޔާ އާއި ނަފްސާނީ އަނިޔާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 2026 އޮގަސްޓް 31ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި 2026 ސެޕްޓެންބަރު 3ވަނަ ދުވަހު 41 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
“ދެން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަމަލު ހިންގާފައި ވަނީ ކުއްޖާގެ ބައްޕައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

