
ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި 62 އަހަރުގެ މީހާ އައިސީޔޫގައެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، 2026 އޯގަސްޓް 31ވަނަ ދުވަހުގެ ހެނދުނު 07:36 ހާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދުނބުރިގަސް މަގާއި ހީނާމާ ހިނގުން ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި، ސައިކަލު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އަނިޔާވެ، ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކަމަށެވެ.
މީގެ އިތުރުން އޭނާގެ ސިކުނޑީގެ ކަނާތް ފަރާތަށް ލޭއެޅިފައިވުމާ ގުޅިގެން 2026 އޯގަސްޓް 31ވަނަ ދުވަހު ބޮލުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި މިހާރު އޭނާ ޓްރީޓޮޕް ހޮސްޕިޓަލު އައި.ސީ.ޔޫގައި ފަރުވާ ހޯދަމުންދާ ކަމަށް އާއިލާއާ ހަވާލާދީ ފުލުހުންނަށް މައުލޫމާތުދެއެވެ.

