
ތިލަމާލެ ބުރިޖުގެ މަޝްރޫއު މިހާރުކުރިއަށްދާ ސްޕީޑާ އެކު މަޝްރޫއުތައް އަވަސްކުރަން އިސްކަންދޭކަން ހާމަވެގެން ގޮސްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް މިއަދު ބައްލަވާލެއްވުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުންވެ.
ރައީސް ވަނީ އެ މަޝްރޫއު ހިނގަމުންދާ ގޮތަށާއި އަދި އެ މަޝްރޫއުއަށް އިންޑިއާއިން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށް ބުނެ އެ ގައުމަށް ތައުރީފްކޮޮށްފައެވެ. އަދި ބުރިޖާއެކު މާލެ ސަރަހައްދުގެ ތަރައްގީއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ތިލަމާލެ ބުރިޖު ފަދަ މަޝްރޫއާ އެކު ހުރިހާ މަޝްރޫއެއް ވެސް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަން ސަރުކާރުން މަސައްކަތް ކުރަމުންދާކަން އެނގިގެންގޮސްފައިވާ ކަމަށެވެ.
އަދި އެކަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލާއި ހަނިމާދޫ އެއާޕޯޓުގެ ޓާމިނަލްގެ މަޝްރޫއު އަވަހަށް ނިންމަން ސަރުކާރުން ކުރި މަސައްކަތްތަކުން ވެސް އެނގުނު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ކުރިން ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުއިރު ބުރިޖުގެ މަސައްކަތް ދިޔައީ ވަރަށް ލަހުން ނެވެ. އެހެންވެ އެ މަސައްކަތް ފަށަން ޖެހުނީ ގާތްގަނޑަކަށް ސުމަކުން ކަމަށް ވެސް ވިދާޅުވެފައިވެެއެވެ.
ދާދި ފަހުން ރައީސް ވިދާޅުވީ އަހަރެއްހާ ދުވަސް ތެރޭގައި ބުރިޖުގެ މަސައްކަތް ނިންމާލެވޭވަރު ވާނެއެވެ.

