
ސިނަމާލެ ބްރިޖަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ގުޅުމާއި، އިތުބާރާއި، ދެ ގައުމުގެ އުންމީދުތަކުގެ ވަރުގަދަ ރަމްޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ސިނަމާލެ ބްރިޖަށް އަށް އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓުގައެވެ.
“މިއީ ހަމައެކަނި އުމްރާނީ ތަރައްގީގެ ބިނާއެއް ނޫން. މިއީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އިތުބާރާއި، އެއްބައިވަންތަކަމާއި، ދެ ގައުމުގެ ގުޅިފައިވާ އުއްމީދުތައް ރަމްޒުކޮށްދޭ ވަރުގަދަ ބިނާއެެއް،” ރައީސް މުއިއްޒު ވިދާޅުވިއެވެ.
Eight years ago today, the China–Maldives Friendship Bridge was opened as a powerful symbol of the enduring friendship between our two nations, connecting our Capital, Malè to the Airport and Hulhumalé.
More than infrastructure, it represents the trust, solidarity and shared… pic.twitter.com/8mxqD6POyL
— Dr Mohamed Muizzu (@MMuizzu) August 30, 2026
ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ހިކުމަތްތެރި ލީޑަޝިޕްގެ ދަށުން، ދެ ގައުމުގެ ބައިވެރިވުން ދަނީ ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި މިއީ ދިވެހި ރައްޔިތުންނަށް އާ ފުރުސަތުތައް ހުޅުވި، އުޖާލާ މުސްތަގުބަލަކަށް މަގުފަހިކޮށްދޭ ގުޅުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“މި 8ވަނަ އަހަރީ ދުވަހު، އަޅުގަނޑު އަލުން ކަށަވަރުކޮށްދެނީ، ދެ ގައުމުގެ ދެމެދުގައި އޮތް މި ދާއިމީ އެކުވެރިކަން އާލާކޮށް، ޗައިނާއާއެކު އޮތް ގުޅުން މިއަށްވުރެ ވެސް ބަދަހިކުރުމަށް ދިވެހިރާއްޖެއިން ދޭ އިސްކަން،” ސިނަމާލެ ބްރިޖްގެ މަސައްކަތް ހިންގެވި ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ވިދާޅުވިއެވެ.
އެއް ކިލޯ މީޓަރަށްވުރެ ދިގު އެ ބްރިޖް ހުޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 30 އޮގަސްޓް 2018ގައެވެ. އޭރުގެ ހައުސިން މިނިސްޓަރަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާއެވެ.

