
ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ޝިއުރީ އިސްތިއުފާ ދެއްވައިފިއެވެ.
ޝިއުރީ މިއަދު އިސްތިއުފާ ދެއްވިކަން އެކި މަސްދަރުތަކުން “ދެން”އަށް ވަނީ ޔަގީންވެފައެވެ.
ނަމަވެސް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ސާފެއް ނުވެއެވެ.
ޝިއުރީ އެ މަގާމަށް އައުްޔަނުކުރީ 2024ވަނަ އަހަރުގެ ޖޫން މަހުއެވެ.
ޝިއުރީއަކީ ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން ގައުމީ އިނާމާއި ޒުވާނުންގެ އިނާމު ވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެެވެ.
ޝިއުރީ އަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބް ރައީސްވެސްމެއެވެ.

