
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 150ކުދިން ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ މައުލޫމާތު އެ މިނިސްޓްރީން އާންމުކުރީ މިއަދުއެވެ.
ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމަންޓް މިނިސްޓްރީން ބުނީ މިދިޔަ މަހުގެ ނިޔަލަށް 87ފިރިހެން ކުދިންނާއި 63އަންހެން ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށެވެ. އެއީ ޖުމްލަ 150ކުޑަކުދިންނެވެ.
ހެލްތު މިނިސްޓްރީން ބުނީ މިދިޔަ މަހު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ދެ ކުއްޖަކު ފޮސްޓަރިން އާއިލާތަކާ ވެސް ހަވާލުކުރި ކަމަށެވެ. އަދި 03ކުއްޖަކު ޢާއިލާތަކާއި ރީއިންޓިގްރޭޓް ކުރެވުނުކަމަށް ވެސް ބުންޏެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަނީ ބައިންބަފައިން އެ ކުދިންނަށް އިހުމާލުވާ ކަމަށް ބުނެއެވެ. އޭގެ އިތުރުން އަޅާލާނެ ބަޔަކު ނެތިގެން ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ނަގައެވެ.
އެފަދަ ކުދިން މާލެ ސަރަހައްދުގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތި ތަންތަނުގައި ބައިތިއްބައެެވެ. އޭގެ އިތުރުން އަތޮޅުގައި ގާއިމުކޮށްފައިވާ އަމާން ވެށިތަކުގައި ވެސް އެ ފަދަ ކުދިން ބައިތިއްބައެވެ.

