
ދިވެހި ޒުވާނުންގެ ހުވަފެންތަކަށް ހުރަހެއް ނާންނާނެ ރާއްޖެއެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބާތުގައި ފަސްޓް ލޭޑީ ސާޖިދާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ޒުވާނުން ބޮޑުވަމުން އަންނަނީ ތަފާތު ގޭގޭގައި، ތަފާތު ރަށްރަށުގައި އަދި ތަފާތު ފުރުސަތުތަކުގެ ތެރޭގައި ކަމަށް ވެދާނެ ކަމަށެވެެ.
Our youth may grow up in different homes, on different islands, and surrounded by different opportunities. But every dream carries the same worth. Our responsibility as a community is to ensure that every young person has the chance to make their individual journey count.
This… pic.twitter.com/zkIdRazSTg
— First Lady Sajidha Mohamed (@sajidhaamohamed) August 12, 2026
ނަމަވެސް، ކޮންމެ ޒުވާނަކު ވެސް ދެކޭ ހުވަފެނާއި ކުރިއެރުމަށް ކުރާ އިންމީދުތަކުގެ އަގު މިނަން ޖެހޭނީ ހަމަ އެއްވަރަކަށް ކަމަށް ގަބޫލުކުރައްވާ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެެ. އެކަމަނާ ވިދާޅުވީ މުޖުތަމައެއްގެ ގޮތުގައި މަސްއޫލިއްޔަތަކަށް ވާންވީ ކޮންމެ ޒުވާނަކަށް ވެސް އެމީހެއްގެ އަމިއްލަ ދަތުރު ކާމިޔާބު ދަތުރަކަށް ހެދުމުގެ ފުރުސަތު ކަށަވަރުކޮށްދިނުން ކަމަށެވެ.
“މިއަދު ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަސްގައި، ޒުވާނަކު ދިރިއުޅުން ފަށާ ހާލަތެއްގެ ސަބަބުން، އެ މީހަކު ދެކޭ ހުވަފެންތަކާއި ހާސިލުކުރަން ބޭނުންވާ ކަންކަމަށް އެއްވެސް ހުރަހެއް ނުއޮންނާނެފަދަ ދިވެހިރާއްޖެއެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަމާތޯ،” ސާޖިދާ ކުރެއްވި ޕޯސްޓްގައި ލިއުއްވާފައިވެއެވެ.

