
އިސްލާމިކް މިނިސްޓްރީއާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް(އައިޔޫއެމް) ގުޅިގެން ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމަޢަށް ކުރާ އަސަރާ ގުޅޭ ދިރާސާއެއް ހަދަން ނިންމައިފިއެވެ.
އެ ދިރާސާ ހެދުމަށްޓަކައި އައިޔޫއެމްއާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހައްވާ ލަތީފްއެވެ. އައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޑީން ޑރ. އާމިނަތު ޝާފިޔާ އާދަމްއެވެ.
އެ އެއްބަސްވުމުގެ ދަށުން ދަށުން “ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމަޢަށް ކުރާ އަސަރު”ގެ މައްޗަށް ދިރާސާއެއް ހެދުމަށް ހަމަޖެހިފައިވާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ނަމަވެސް އޭގެ އިތުރު ތަފްސީލް ހާމައެއް ނުކުރެއެވެ.
ލޯކަލް ޓޫރިޒަމްއާ އެކު ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށުގައި ނިވާކަން ކުޑަކޮށް އުޅޭ މައްސަލަ ވަރަށް ބޮޑެވެ. އަދި ފަތުރުވެރިންނަށް ރަށްރަށުގައި ވަކިން “ބިކިނީ ބީޗެއް” ހެދިޔަސް އެ މައްސަލަ ހައްލެއް ނުވެއެވެ.

