
ސިންގަޕޫރުގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
މީސްމީޑިއާ ‘އެކްސް’ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ރައީސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަތްނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޯންގްގެ އިތުރުން އެ ޤައުމުގެ އެކުވެރި ރައްޔިތުންނަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.
On the joyous occasion of the National Day of Singapore, I extend warm congratulations and best wishes of the Government and the people of the Maldives to His Excellency @Tharman_S, President of Singapore, His Excellency @LawrenceWongST, Prime Minister of Singapore and the… pic.twitter.com/DTwdbn6xBv
— Dr Mohamed Muizzu (@MMuizzu) August 9, 2026
ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް އަލިއަޅުއްވާލައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެއިން އެ ބަދަހި އެކުވެރިކަން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ. އަދި އެ ގުޅުމަކީ ދެފަރާތުގެ މެދުގައި އޮތް އިތުބާރާއި، އިޙްތިރާމްގެ އިތުރުން ސަރަޙައްދީ ސުލްޙައާއި ކުރިއެރުމަށް އޮތް އެއްގޮތް ތަސައްވުރެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސިންގަޕޫރުގެ ރައްޔިތުންނަށް އިތުރު ތަރައްޤީއާއި، އެއްބައިވަންތަކަމާއި ފާގަތިކަން ލިބުމަށް އެދިވަޑައިގެން ރައީސް ވަނީ އެމަނިކުފާނުގެ ހެޔޮއެދުންތައް ފާޅުކުރައްވާފައެވެ.

