
މިރޭ، ހުޅުމާލޭގައި ހަވާ އަރުވާނެކަމަށް ދިވެހިރާއްޖޭގެ ދިފާއީ ބާރުން ބުނެފިއެވެ.
ދިފާއީ ބާރުން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މިރޭ 22:00ގައި ހުޅުމާލެ އިރުމަތީ ފަރާތުގައި ގާތްގަނޑަކަށް 3 މިނެޓަށް ހަވާއެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި މިރޭ 22:00 ހާއިރު، ހުޅުމާލޭ އިރުމަތީ ފަރާތުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ވާހަކަ މަޢުލޫމާތަށް ޓަކައި ދަންނަވަން. ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 3 މިނެޓެއް ހާއިރު. pic.twitter.com/iSTuH6MDrr
— Maldives National Defence Force (@MNDF_Official) July 3, 2026
ދިފާއީ ބާރުން ބުނީ މިއީ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

