
ދަރިންނަށް ހަރަދު ނުދޭ ބައްޕައެއްގެ ވަނަވަރު، އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން ފުރަތަމަ ފަހަރަށް އާންމުކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރަސްދޫ ކޯޓުން އާންމުކުރަނީ ނޫރަންމާގެ، އދ. މަންދޫ، މުހައްމަދު ހަބީބްގެ ވަނަވަރެވެ.
އެ ކޯޓުން ނެރުނު އިއުލާނުގައި ބުނެފައި ވަނީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ ފަރާތާ މެދު ކޯޓުން އަޅާ ފިޔަވަޅެއްގެ ގޮތުން، އެ ފަރާތަކީ ދަރިފުޅުގެ ހަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަން ޖެހޭ ފައިސާ ދައްކަމުން ނުދާ މީހެއް ކަމަށެވެ.
ދަރިންނަށް ހަރަދު ނުދޭ ބައްޕައިންގެ ވަނަވަރު އާންމުކުރުމަށް ފެމިލީ ކޯޓުން ނިންމަނީ 2024ވަނަ އަހަރުގެއެވެ. އަދި ކޯޓުން ފުރަތަމަ ފަހަރަށް ހަރަދު ނުދޭ ބައްޕައެއްގެ ވަނަވަރު އާންމުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.
ފެމިލީ ކޯޓުން ނިންމި ފަހުން، އެ ކޯޓުގެ ކުރިން ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓުންނާއި ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ވެސް ހަރަދު ނުދޭ ބައްޕައެއްގެ ވަނަވަރެއް އާންމުކޮށްފައިވެއެވެ.

