
ރާއްޖެއަށް 2.4 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ ދެމަފިރިންގެ މައްޗަށް ދައުވާކޮށްފިއެވެ.
މިދިޔަ އޭޕްރިލް މަހު ހައްޔަރުކޮށްފައިވާ ދެމަފިރިންނަކީ، އުމުރުން 33 އަހަރުގެ އިމްރާން ޕާޝާ އާއި އުމުރުން 27 އަހަރުގެ ކްރިސް އެމްބްރޯސިޔާއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަކިވަކިން ނެރުނު ދެ ކޯޓު އަމުރުން ބުނެފައިވާ ގޮތުގައި އެ ދެ މީހުންގެ މައްޗަށް ކުރުމަށް ނިންމީ މަސްތުވާ އެއްޗަށް ރާއްޖެއަަށް އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގެ ލިޔުންތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ލިބިފައިވާ ކަމަށާއި އެ އޮފީހުން ލިޔުންތައް ބަލައިގަނެ ދައުވާ ހުށަހެޅުމަށް މަސައްކަތްކުރަމުންދާ ކަމަށް ކޯޓުގައި ބުނެފައިވެއެވެ.
އެ ދެ މީހުންގެ ބަންދަށް އިތުރު 45 ދުވަސް ނުވަތަ މަހަކާއި 15 ދުވަސް ޖެހުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

