
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އަދި ބޯޑު މެންބަރުކަމުގެ މަޤާމަށް ދ. ކުޑަހުވަދޫ، ޝަބްނަމީގެ، އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް މިއަދު އައްޔަންކޮށްފިއެވެ
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބަދަލާ ގުޅިގެން މިއަދުން ފެށިގެން އެ ކޯޕަރޭޝަން ހިންގުމުގެ އެންމެ އިސް ޒިންމާތަކާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ ފިރުޒުލްއެވެ.
ޙައްޖު ކޯޕަރޭޝަންގެ އެންމެ އިސްވެރިޔާގެ މަޤާމު ހުސްވެފައި ވަނީ، މީގެ ކުރިން އެ މަޤާމު ފުރުއްވަމުން ގެންދެވި މުޙައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް އައްޔަނުކުރެއްވުމަށްޓަކައި މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

