ލޯންޗެއް އެކްސިޑެންޓުވެ ބަޔަކަށް އަނިޔާވެއްޖެ އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ތިނަދޫ ސިޓީ ފެރީ ޓާމިނަލު ޖެޓީ އަށް ކައިރި ލޯންޗެއް ކޮންޓްރޯލްނުވެ ގޮސް ޖެޓީގައި ޖެހި އެކްސިޑެންޓެއް މިއަދު މެންދުރު ހިނގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ލޯންޗުގައި 3 އަންހެނަކަށް އެއް އަހަރުގެ ކުއްޖަކާއި ކެޕްޓަން އަދި ފަޅުވެރިޔާ ހިމެނޭހެން ޖުމްލަ 6 މީހަކު ދަތުރުކުރި ކަމަށެވެ.
އެކްސިޑެންޓުގައި ލޯންޗުގައި ތިބި 2 ފަސެންޖަަރަކާއި ކެޕްޓަން އާއި ފަޅުވެރިޔާއަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާވީ ދިވެހި ދެ ފިރިހެނުން (ކެޕްޓަން 50އ/ކްރޫ 29އ)، ދެ އަންހެނުން (25 އަދި 28) އެވެ.
ފުލުހުން ބުނީ އެ މީހުންނަށް ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށެވެ.