އުފަންވާ ކުދިންގެ އާބާދީ އިތުރު ކުރުމަށްޓަކައި ގައުމީ ފެންވަރުގައި މަސައްކަތްކުރަން ޖެހޭކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ
މިނިސްޓަރު އެފަދައިން ވިދާޅުވީ ސްޓޭޓް އޮފް ދި ވޯލްޑް ޕޮޕިއުލޭޝަން (ސްވޮޕް) ރިޕޯޓް ނެރުމަށް މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނެވެ.
އެގޮތުން ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް ދަށަށް ގޮސްފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ، އެ މައްސަލަ ހައްލުކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތްކުރަންޖެހޭ ކަމަށެވެ.
އަދި އެ މައްސަލަގައި ދިމާވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތް ކޮށްފިނަމަ އާއިލާއެއް ބިނާކުރުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ކަށަވަރުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސްޓޭޓް އޮފް ދި ވޯލްޑް ޕޮޕިއުލޭޝަން (ސްވޮޕް) ރިޕޯޓަކީ ޔުނައިޓެޑް ނޭޝަން ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އިން ދުނިޔޭގެ އާބާދިއަށް އަންނަ ބަދަލުތަކާއި މިކަމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައިގެން ކޮންމެ އަހަރަކު އެއްފަހަރު ނެރޭ ރިޕޯޓެކެވެ.
އަދި އެ ރިޕޯޓްގައި ދެމެހެއްޓެނިވި ތަރައްގީއާއި، ދަރިމައިވުމުގެ ސިއްހަތާއި، އިންސާނީ ހައްގުތަކާއި، މީންތީގެ ހަމަހަމަކަަށް އަލިއަލުވާލާފައި ވެ އެވެ.