މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް. ހޯދަޑު / ބޯގަންވިލާ، ސާމީ އަބްދުލްހަމީދު (34އ) އެވެ.
ޖޫން 25 ވަނަ ދުވަހުން ފެށިގެން ސާމީ އަބްދުލްހަމީދު ހަބަރެއް ނުވެ ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2025 ޖުލައި 2 ވަނަ ދުވަހު 18:16 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު ފުލުހުންގެ ކަމާގުޅުންހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކުރެވި މީހާ ހޯދުމުގެ މަސައްކަތްކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން މީހާ ހޯދިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ސާމީ އަބްދުލްހަމީދު އާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9790092 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފަ އެވެ.